މިދިޔަ 2016 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި އަފީފުއްދީން ސްކޫލް 5 މާއްދާއިން ފާސްވި ނިސްބަތް ވަރަށް ބޮޑުތަން އިތުރު ވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 5 މާއްދާއިން ފާސްވި އިންސައްތަ ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 33.82 އިތުރު ވެފައެވެ. 2015 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވަނީ 31.70 އިންސައްތަ އެވެ. އަދި 2016 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވަނީ 65.52 އިންސައްތަ ދަރިވަރުންނެވެ.
ވަކިވަކި މާއްދާތަކަށް ބަލާއިރު އިމްތިހާނުގައި ބިޒްނަސް ސްޓަޑީސް، ކޮމްޕިއުޓަރ ސްޓަޑީސް، އިކޮނޮމިކްސް އަދި ކެމިސްޓްރީން 100 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު 2015 ވަނަ އަހަރާ ބަލާއިރު ދިވެހި އަދި އިސްލާމުން ފާސްވި ދަރިވަރުންގެ އަދަދު ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ.
މިދިޔަ އަހަރުގެ އިމްތިހާނުގައި އެ ސްކޫލުން އޭސްޓަރ ހޯދި މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން 11 އޭސްޓާރ ހޯދާފައިވާއިރު 2015 ވަނަ އަހަރު ލިބިފައިވަނީ 4 އޭސްޓަރ އެވެ.
މިދިޔަ އަހަރު ނޭޝަނަލް ޓޮޕްޓެންގެ 1 ވަނާގައި އަފީފުއްދީންގެ ދަރިވަރަކު ހިމެނިފައިވާ އިރު ޓޮޕްޓެންގެ 4 ވަނާގައި ވެސް އެސްކޫލްގެ 4 ދަރިވަރަކު ވަނީ ހިމެނިފަ އެވެ.
މީގެ އިތުރުން މިދިޔަ އަހަރު އެސްކޫލުގެ 11 ދަރިވަރުން ވަނީ ދަސްވާރު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފަ އެވެ. މިއީ އަފީފުއްދީން ސްކޫލުގައި އޯލަވެލްގައި ބައިވެރިވި 4 ވަނަ ފަހަރެވެ.