twitterviber whatsapp telegramfacebookyoutube instagram
5th November 2025

ހދ އަތޮޅު ދަސްވާރުގެ ދަސްވެނިވުން ބާއްވައިފި

Jan 20, 2017

ހދ އަތޮޅުގެ 8 ސްކޫލެއްގެ ދަސްވާރުގެ ދަސްވެނިވުން ބާއްވައިފި އެވެ.

މިއަދު ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ޖަލްސާގައި 8 ސްކޫލަކުން 118 ދަރިވަރުންވަނީ ދަސްވާރު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފަ އެވެ.

އެގޮތުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލްގެ އިތުރުން ހދ އަތޮޅު މަދަރުސާ، ނޮޅިވަރަމް ސްކޫލް، ނޭކުރެންދޫ ސްކޫލް، ނެއްލައިދޫ ސްކޫލް، މަކުނުދޫ ސްކޫލް އަދި ނޮޅިވަރަމްފަރު ސްކޫލްގެ ދަސްވާރުގެ ދަސްވެނިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު ދެއްކެވި ވާހަކައިގައި ދަސްވާރުގެ ދަސްވެނިންނަކީ އެކުއްޖަކު ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމަށް ތަޖުރިބާ އާއި ހުނަރުލިބިގެން ސްކޫލް ނިންމާ ކުދިން ކަމަށާއި އެކުދިންނަށް އެދާއިރާއަކުން އިތުރަށް ކުރިއަށް ދިއުމަށް އެލިބެނީ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.

މީގެ އިތުރުން އިބްރާހިމް ރަޝީދު ވިދާޅުވީ އިތުރަށް ކިޔެވުމަށް ލިބެން ހުރި ފުރުސަތްތަކުގެ ބޭނުން ހިފައިފެން ކުރިއަށް ދިއުމަށާއި އަޒުމަށް ބަދަލު ނުގެނެސް ހިތްވަރާއެކު ކުރިއަށް ގޮސްފިނަމަ ކޮންމެ ދަރިވަރަކީވެސް ކާމިޔާބު ދަރިވަރަކަށް ވާނެ ކަމަށެވެ.

ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްކޮދިނުމަށް ސަރުކާރުން 2014 ވަނަ އަަހަރު ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގެ އިތުރު ފޮޓޯތައް ބެލެއްވުމަށް

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355