އަޕަރ ނޯތު ޕޮލިސް ޑިވިޒަން މަސައްކަތް ހަރުދަނާ ކުރުމަށާއި ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުމަށް އަޕަ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ އަތޮޅުތަކުގެ ކޮމާންޑަރުންގެ މަހާސިންތާ ބާއްވައިފި އެވެ.
އަޕަރ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ހއ،ހދ އަދި ށ. އަތޮޅު ކޮމާންޑުންގެ މަހާސިންތާ ބާއްވާފައިވަނީ މި ޖެނުއަރީ މަހު 17 އަދި 18 ގައި ށ ފުނަދޫ ޕޮލިސް ސްޓޭޝަނުގަ އެވެ.
މި މަހާސިންތާގައި މި ތިން އަތޮޅުގެ އިދާރީ ކަންކަން އެއް އުސޫލެއްގެ ދަށުން ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް 2017 ވަނަ އަހަރުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައި ވެއެވެ.
މި މަހާސިންތާގައި އަޕަރ ނޯތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ އާއި ހދ. އަތޮޅު ކޮމާންޑަރު ސަބް އިންޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލްޤައްޔޫމް އާއި ހއ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނަސީމް އާއި ށ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު އަބްދުﷲ ގެ އިތުރުން ހއ، ހދ އަދި ށ. އަތޮޅު އެޑްމިނިސްޓްރޭޓިވް ޔުނިޓްގައި މަސައްކަތް ކުރާ އެޑްމިން އޮފިސަރުން ބައިވެރިވެފައިވެއެވެ.