މަރިޔާދު މައިޒާންގެ ނަމުގައި ށ ފޯކައިދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި އެވެ.
ފޯކައިދޫ ކައުންސިލުން 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި މި މައިޒާން ހުޅުވީ އިއްޔެ ހަވީރު އެތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު އާއި ބައެއް ކައުންސިލަރުންނެވެ.
މަރިޔާދު މައިޒާން ހުޅުވައިދެއްވަނީ–
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައްމަދު ރާޝިދު ވިދާޅުވީ މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. ޕާކް ބޭނުންކުރާ ފަރާތްތައް ޕާކްގެ ތަކެތި ހަލާކު ނުވާނޭ ފަދައިން ބޭނުންކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
ކައުންސިލްގެ 100 އިންސައްތަށް ހަރަދުކޮށްގެން ޕާކް ހަދާފައިވާއިރު ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ވަހީދާއި މިހާރު މެމްބަރު އޭޑީކޭ ނާޝިދުގެ އެހީތެރިކަން ޕާކަށް ލިބުނުކަމަށާއި އެކަމަށް ޝުކުރުއަދާކުރައްވާފައިވެ އެވެ. އަދި ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހިލޭ ސާބަހަށް ޕާކްގެ މަސައްކަތްތައް ނިންމާ ދިނުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ރާޝިދު ފާހަގަކުރެއްވި އެވެ.
މިޕާކްގެ ބިންގާ އެޅީ 2012 ވަނަ އަހަރު އެވެ.
ފޯކައިދޫ މަރިޔާދު މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް