twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނޮޅިވަރަންފަރަށް މުއިއްޒު ވަޑައިގަތުމުން އަންހެންވެރިން ހިމޭން އިހްތިޖާޖެއް ކޮށްފި

Jan 21, 2017

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތު ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހދ ނޮޅިވަރަންފަރަށް ވަޑައިގަތުމުން އެރަށުގެ އަންހެންވެރީންތަކެއް ހަމަހިމޭންކަމުގެ އިހުތިޖާޖެއް ކޮށްފި އެވެ.

މިއަދު ހަވީރު 4 ޖަހާއިރު މިނިސްޓަރު މުއިއްޒާއި އެބޭފުޅާގެ ޓީމް އެރަށަށް ވަޑައިގަތް އިރު ފާލަން ކައިރީގައި 150 އަންހެންވެރިންތަކެއް ތަފާތު ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތައް ހިފައިގެން ތިއްބެ އެވެ.

މުއިއްޒުގެ ވަފުދު ނޮޅިވަރަންފަރަށް ވަޑައިގަތުމުން އެރަށުގެ އަންހެންވެރިންތަކެއް ހިމޭން އިހްތިޖާޖުކުރަނީ–

 

ބޯޑުތަކުގައި ލިޔެފައި ހުރީ ސަރުކާރުން އެރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެ ނުވެ ހުރި ކަންތައްތަކާއި ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ވާހަކަ އެވެެ.

އެގޮތުން ނޮޅިވަރަންފަރުގެ ޓްރެއިނިންގ ރިސޯޓްގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވާ މައްސަލަ އާއި ނަރުދަމާ މައްސަލަ އާއި ރޯހައުސްތަކުގެ މަސައްކަތް ހުއްޓިފައި އޮތް މައްސަލަ އާއި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުކުރި މީހުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ކަންބޮޑުވުމެވެ.

ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި ހަމަހިމޭންކަމުގެ އިހްތިޖާޖުގައި ބައިވެރިވި ފަރާތްތަކާ މިނިސްޓަރު މުއިއްޒު ވަނީ ބައްދަލުކުރައްވާ ޝަކުވާތައް އަޑުއަހާފަ އެވެ.

މުއިއްޒުގެ ވަފުދު ނޮޅިވަރަންފަރަށް ވަޑައިގަތުމުން އެރަށުގެ އަންހެންވެރިންތަކެއް ހިމޭން އިހްތިޖާޖުކުރަނީ–

 

މިނިސްޓަރުގެ  މުއިއްޒުގެ މިދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ބައިވެރިވެވަޑައިގަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355