twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޮޅިވަރަންފަރުގައި ހަތަރު ތަރީގެ ޓޫރިސްޓް ގެސްޓް ހައުސްއެއް ހުޅުވައިފި

Jan 22, 2017

ހދ ނޮޅިވަރަންފަރުގައި ޓޫރިސްޓް ގެސްޓް ހައުސްއެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

“ނޮޅި އެސްކޭޕް” ގެ ނަމުގައި ހުޅުވި މި ގެސްޓްހައުސް ހުޅުވީ މިމަހު 11 ގަ އެެވެ.

ނޮޅި އެސްކޭޕްގެ ހިންގާ ބުޓީކް އައިލެންޑް އެސްކޭޕްގެ ޗެއާމަން ރިއްފަތު ޖަލީލު ކޭއޯއަށް ވިދާޅުވީ ގެސްޓް ހައުސް ހުޅުވި މިހާރު ފުރަތަމަ ޓޫރިސްޓް ގުރޫޕް އައިސް ގޮސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ގެސްޓުން އައީ އޮސްޓްރޭލިޔާ އިން ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ އަދި މާގިނަ ހިދުމަތްތަކެއް ދޭން ފެށިފައިނުވިނަމަވެސް ގެސްޓް ހައުސްއިން މިހާރުވެ ފެންވަރު ރަގަޅު ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ގެސްޓްހައުސްގެ ރޫމްތަކަކީ ރިސޯޓް ފެންވަރުގެ ރޫމްތަކެކެވެ.

ނޮޅިވަރަންފަރުގައި ޓޫރިސްޓްތަކެއް–ފޮޓޯ: ނޮޅި އެސްކޭޕް

 

ހަތަރު ތަރީގެ މިގެސްޓް ހައުސްއިން ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ސްނޯކުލިންގ އާއި ސަންސެޓް ކުރޫޒް، އައިލެންޑް އެސްކާޝަންތައް ހިމެނެ އެވެ. އައިލެންޑް އެސްކާޝަންތަކުގެ ތެރޭގައި އުތީމް، ނޮޅިވަރަމް، ކުޅުދުއްފުށިވެސް ހިމެނެ އެވެ. އަދި ޕްރައިވެޓް ބީޗް ޑިނަރ އާއި ބާބަކިއު ފަދަ ހިދުމަތްތައް ލިބެ އެވެ.

ނޮޅި އެސްކޭޕް–

 

ރިއްފަތު ވިދާޅުވީ ވަރަށް އަވަހަށް ވޯޓާރ ސްޕޯޓްސް ފަށާނެ ކަމަށެވެ. އެހެން ބައެއް ހިދުމަތްތައްވެސް ފަށާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ދާއިރާއަށް ޒުވާނުން ޓްރެއިނިންގ ކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް ރިއްފަތު ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް ބޮޑަށް ޓާގެޓްކުރި ނަމަވެސް ދިވެހީންނަށްވެސް ހާއްސަ ޕެކޭޖްތަކެއް ހާއްސަ އަގުތަކެއްގައި ލިބޭނެކަމަށް ރިއްފަތު ވިދާޅުވި އެވެ.

ނޮޅި އެސްކޭޕް–

 

ވަޒީފާގައި ހުސް ދިވެހިން

ރިއްފަތު ވިދާޅުވީ ނޮޅި އެސްކޭޕްގައި މުޅިންވެސް ވަޒީފާ އަދާކުރާނީ ދިވެހީން ކަމަށެވެ. ބިދޭސީ މުވައްޒަފުން ގެންގުޅުމުގެ ވިސްނުންމެއް ނެތް ކަމަށާއި ކުރިއަށް އޮތްތަނުގައި ގަސްތުކުރަނީ ދިވެހީން ގެންގުޅެން ކަމަށް އޭނާ ވިދާޅުވި އެވެ. ޝެފަކަށްވެސް ހުންނަނީ ދިވެއްސެއް ކަމަށާއި އޭނާއަކީ އިޓަލީގައި ޓްރެއިނިންގ ވެފައިހުރި ފެންވަރު ރަގަޅު ޝެފެއްކަމަށް ރިއްފަތު ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑު

ރިއްފަތު ޖަލީލު ވިދާޅުވީ ގެސްޓްހައުސް އިމާރާތްކުރުމުގަ އާއި އެހެން ކަންކަމަށް ކައުންސިލް އިދާރާގެ ފަރާތުން ލިބުނު އަދި މިހާރުވެސް ލިބޭ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ. އޭނާ ވިދާޅުވީ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑަށް މިކަމުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ނޮޅި އެސްކޭޕްގެ ވެބްސައިޓް 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355