އީވް ގާމަންޓްއިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކުނިއަޅާ ޑަސްބިން ހަދިޔާކޮށްފި އެވެ.
ދިރިއުޅޭ މާހައުލަކީ ސާފުތާހިރު ތަނަކަށް ހަދަން ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އީވް ގާމަންޓްއިން ހަދިޔާ ކުރި މި ޑަސްބިންތަކާ އެޑިއުކޭޝަންގެ ފަރާތުން ހަވާލުވީ މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެވެ.
ޑަސްބިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ އީވް ގާމަންޓުގެ ފަރާތުން ހަދިޔާ ކުރެއްވި ޑަސްބިންތަކަކީ ދަރިވަރުންގެ ތަރުބިއްޔަތުގައި ދަރިވަރުންގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށާއި ދުޅަހެޔޮ ސިއްހަތަކަށް ފައިދާހުރި ރަނގަޅު ކާނާއާއިއެކު، އެމީހެއްގެ ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
އީވް ގާމެންޓުން ވަނީ ޖުމަލް 240 ޑަސްބިން އެޑިއުކޭޝަން މިނިސްޓްރީއާއި ހަދިޔާކޮށްފަ އެވެ.