twitterviber whatsapp telegramfacebookyoutube instagram
14th September 2025

މިއަދާއި މާދަމާ އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ

Jan 22, 2017

މިއަދާއި މާދަމާ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރުގެ އެކިހިސާބަށް މިއަދާ މާދަމާ ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާކަމަށެވެ.

އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަގަޅުވާނެކަމަށް އެއިދާރާއިން ލަފާކުރެ އެވެ.

މެދުތެރޭގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެއިދާރާއިން ލަފާކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355