twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހަނިމާދޫ ފަޅުތެރޭގައި ރިންމަސް ތިޔާގިވެފައި

Jan 22, 2017

ކޮންމެ އަހަރުކުވެސް ހދ ހަނިމާދޫގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ ރިންމަސް ވަދެ، މަސް ހިފުމުގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ އެވެ.

ބޮޑު ފަޅެއް އޮންނަ ރީތި ހަނިމާދޫގައި ފަޅުގައި ރިންމަހާއި މުށިމަސް ތިޔާގިވާ ދުވަސްވަރު ދުވާލެއްގެ މައްޗަށް 5000 ވުރެ ގިނަ މަސް ހިފަ އެވެ. މިދުވަސް ވަރަކީވެސް ރިންމަސް ހަނިމާދޫ ފަޅުތެރޭގައި ތިޔާގި ދުވަސްވަރެކެވެ.

ހަނިމާދޫގައި މިއަދު ހިފި ރިންމަސްތަކެއް ރައްޔިތުން ސާފުކުރަނީ–

 

މިއަދުވެސް ހަނިމާދޫގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ ރިންމަސް ވަދެ މަސް ހިފާ ދުވަހެކެވެ. ހަނިމާދޫ ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ގިނަ އަދަދެއްގެ ރިންމަސް ފަޅުތެރެއަށް ވަދެފައިވާ ކަމަށާއި މިއަދު މެންދުރު 11 ޖަހާއެހާއިރު ގިނަ އަދަދެއްގެ ރިންމަސް ހިފުމުގައި ރައްޔިތުންގެ ތެރެއިން ބަޔަކު އުޅުނުކަމަށެވެ.

މިއަދު ހަނިމާދޫ ފަޅުތެރެއަށްވަން ރިންމަސް އައިނެއް ރައްޔިތުން ހިފަނީ–

އޭނާ ބުނީ ބައެއް ފަހަރު ރިންމަސް ދާއަޅައިގެން ވެސް ހިފާކަމަށެވެ. އަދި ބައެއް ފަހަރު ރައްޔިތުން ނުކުމެ ވަށްބުރު އަދާގެން މަސްތައް އެއްގަމަށް އަރުވާގެން ހިފާކަމަށްވެސް އެމީހާ ބުންޏެވެ.

މިގޮތަށް ހިފާ މަސްތައް ރައްޔިތުންނަށް ބަހާލަނީ އެވެ.

ކޮންމެ އަހަރަކުވެސް ދެ މޫސުމް ބައްދަލުވާ ދުވަސްވަރާއި އިރުވާ މޫސުމުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް މިގޮތަށް މަސް އައިން ވަދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355