twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ހަނިމާދޫގައި ހިންގި ރެޑީ ކޭމްޕު ނިންމާލައިފި

Jan 22, 2017

ސާނަވީ މަރުހަލާގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހދ. ހަނިމާދޫއާއި ގދ. ގައްދޫގައި ފުލުހުން ހިންގި ރޭޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ޖެނުއަރީ 19 ން 21 އަށް ހަނިމާދޫ އާއި ފަރެސްމާތޮޑާގައި ކުރިއަށް ގެންދިޔަ މި ދެ ކޭމްޕުގެ ތެރެއިން ހަނިމާދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސެޓްފިކެޓް ބައްސަވާ ދެއްވާފައި ވަނީ އަޕަރ ނޯތު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސާމީ އެވެ. އަދި ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވާފައި ވަނީ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފްއެވެ.

އެ ދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ރޭޑީ ކޭމްޕުގެ ތެރެއިން ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި އެސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 80 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 44 ފިރިހެން ބައިވެރިންނާއި 36 އަންހެން ބައިވެރިންނެވެ.

އަދި ފަރެސްމާތޮޑާގައި ބޭއްވި ކޭމްޕުގައި ހުވަދޫ ސްކޫލުގެ އިތުރުން ގދ. ފިޔޯރީ ސްކޫލުން ޖުމްލަ 75 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 38 އަންހެން ބައިވެރިންނާއި 37 ފިރިހެން ބައިވެރިންނެވެ.

ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދެކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ތަކާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި އެވެ.

ހަނިމާދޫ އާއި ފަރެސްމާތޮޑާގައި ރެޑީ ކޭމްޕު ކުރިއަށް ގެންދިޔުމަށް އެރަށްރަށުގެ ކައުންސިލްތަކުންނާއި ސްކޫލުތަކުންނާއި އެސްކޫލުތަކުގެ ބެލެނިވެރިންނާއި އެރަށްރަށުގައި ހުންނަ މުއައްސަސާތަކުން ވަނީ ފުލުހުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައި ކަމަށް މައުލޫމާތު ލިބެއެވެ.

ސެޓްފިކެޓް ދިނުމަށް ހަނިމާދޫ ސްކޫލާއި ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައި ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެރަށްރަށުގެ ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ހދ. އަތޮޅާއި ގދ. އަތޮޅުގެ ކޮމާންޑަރާއި އެ ދެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ރެޑީ ކޭމްޕުގެ ބައިވެރިންނާއި މުދައްރިސުން ވަނީ ބައިވެރިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355