twitterviber whatsapp telegramfacebookyoutube instagram
14th September 2025

ޖަލާލުއްދީން ސްކޫލުގެ 8 ދަރިވަރަކު ގައުމީ ގަދަ ދިހައަކަށް

Jan 23, 2017

މިދިޔަ 2016 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގައި ޖަލާލުއްދީން ސްކޫލު 8 ދަރިވަރަކު ހިމެނިއްޖެ އެވެ. އޭގެ ކުރީ އަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނީ އެސްކޫލުގެ 7 ދަރިވަރެކެވެ.

ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލާލާއިރު ދަސްވާރާ ނުލައި ފަސް މާއްދާއިން ފާސްވެފައިވަނީ 76 އިންސައްތަ ދަރިވަރުންނެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 34 އިންސައްތަގެ ކުރިއެރުމެކެވެ. ދަސްވާރާ ލައިގެން ފަސް މާއްދާއިން ފާސްވީ 58 އިންސައްތަ ދަރިވަރުންނެވެ.

ވަކިވަކި މާއްދާތަކަށް ބަލާއިރު އިމްތިހާނުގައި ކޮމްޕިއުޓަރ ސްޓަޑީސްއިން ވަނީ 100 އިންސައްތަ ދަރިވަރުން ފާސްވެފައެވެ. ކެމިސްޓްރީން 97 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު 7 މައްދާއިން 65 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފަ އެވެ.

އަދި ކެމިސްޓްރީ އާއި ފިޒިކްސް، ކޮމްޕިއުޓިންގ އާއި އެކައުންޓުން 80 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައި އެވެ.

2016 ވަނަ އަހަރު “އޭ” އާއި “އޭ ސްޓާރ” ހޯދި އަދަދުވަނީ އޭގެ ކުރީ އަރާއަޅައި ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން 16 އޭސްޓާރ ހޯދާފައިވާއިރު 2015 ވަނަ އަހަރު ލިބިފައިވަނީ 14 އޭސްޓަރ އެވެ. އަދި 75 އޭ ހޯދިއިރު އޭގެ ކުރީ އަހަރު ލިބިފައިވަނީ 64 އޭ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެސްކޫލުގެ 43 ދަރިވަރުން ވަނީ ދަސްވާރު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފަ އެވެ. ޖަލާލުއްދީން ސްކޫލަކީ ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355