twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ހދ އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓް، ހޮނޑާފުށި އަންނަމަހު ހުޅުވަނީ

Jan 24, 2017

ހދ އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓް، ހޮނޑާފުށި އަންނަމަހު ހުޅުވާނެކަމަށް އެ ރިސޯޓްގެ މަސައްކަތް ހަވާލުކޮށްފައިވާ ތްރީއޭ ކޮމްޕެނީން ބުނެފި އެވެ.

އެ ކުންފުނީގެ ވެރިޔާ ހަމްޒާ މިއަދު ކޭއޯއަށް ވިދާޅުވީ ރިސޯޓްގެ މައިގަނޑު ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށާއި މިހާރުން ކުރިއަށްދަނީ ހުއްދަތައް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ހަމްޒާ ވިދާޅުވީ، ކޯޓުތަކުގައި ހުރި އެރިސޯޓްތަކުގެ މައްސަލަތައް ސަރުކާރުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެކަން އެކުންފުންޏަށް އަންގާފައިވާ ކަމަށާއި ސަރުކާރުން މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ހޮނޑާފުށީ ހުޅުވަންކަމަށް ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ ވިދާޅުވީ މިހާރު ކުރިއަށްދަނީ ފިނިޝިންގ ގެ މަސައްކަތްކަމަށާއި ހދ އަތޮޅުގައި ހުޅުވޭ ފުރަތަމަ ރިސޯޓަށް އެރަށް ވެގެންދާނެ ކަމަށެވެ. ސަރުކާރުން ހުއްދަތައް ދެއްވިހާ އަވަހަކަށް ރިސޯޓް ހުޅުވާނެ ކަމަށާއި އަންނަ ފެބުރުއަރީމަހު ހުއްދަތައް ލިބިގެންދާނެކަމަށް ބެލެވޭ ކަމަށާއި އަދި ފެބުރުއަރީގެ ފަހު ހަފްތާތެރޭގައި އެރިސޯޓަށް ޓޫރިސްޓުން ގެންނެވޭ ވަރަށް މަސައްކަތް ކުރިއަށްދާކަމަށް ހަމްޒާ ވިދާޅުވި އެވެ.

“ފެބްރުއަރީމަހު ހުއްދަތައް ލިބިޖެއްޔާ، އެމަހުގެ ފަހު ހަފްތާގައި ގެސްޓުން ނެގެވޭވަރަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ” ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ ވިދާޅުވީ، ރިސޯޓް ރަނގަޅަށް ހިންގަން ފެށުމުން 350 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށާއި ނަމަވެސް ފުރަތަމަ ހުޅުވާލާނީ 100 މުވައްޒަފުން ހޯދުމަށް ކަމަށެވެ. އެފުރުސަތު ފެބްރުއަރީމަހު ހުޅުވާލާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނޑާފުއްޓަކީ 500 ކޮޓަރީގެ ރިސޯޓެކެވެ. އެރަށް އެކޮށް ނިމޭއިރު 1000 އެނދު ތަރައްގީކުރާނެކަމަށް ތްރީއޭއިން މައުލޫމާތުދެ އެވެ.

ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި އޮންނައިރު, އެއާޕޯޓް އޮންނަ ހަނިމާދޫއާ ދާދި ކައިރީގައިވާ ހޮނޑާފުށި ފާހަގަކޮށްލެވެނީ ހދ. އަތޮޅުގައި އޮތް ރީތި ރަށެއްގެ ގޮތުގަ އެވެ.

3އޭ ކޮންޕެނީ  ތަރައްގީކުރާ މިރަށުގެ އިމާރާތް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 12 ފެބްރުއަރީ 2006 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355