twitterviber whatsapp telegramfacebookyoutube instagram
18th July 2025

ފުނަދޫއިން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

Jan 24, 2017

ކުނި އުކާލުމަށް ދިޔަ ށ. ފުނަދޫ ކައުންސިލްގެ 2 މުވައްޒިފަކަށް 18 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.

ސަން އަށް މައުލޫމާތު ދެމުން ފުނަދޫ ކައުންސިލް މެމްބަރު އަހުމަދު ނަޒީރު ވިދާޅުވެފައި ވަނީ ކުނި އުކާލުމަށް އެކައުންސިލްގައި މަސައްކަތް ކުރާ ދިވެހި ދެ މުވައްޒަފަކަށް، މިއަދު ކުނި އުކާލުމުގެ ތެރެއިން ހޮވާފައި ވަނީ 18 ކިލޯގެ ހުދު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ކަމަށެވެ.

އަދި މިއީ ފުނަދޫ އިރުމަތި ފަރާތު މޫދާ ދިމާލުން ހޮވި މާވަހަރެއް ކަމަށާއި މިހާރު ކައުންސިލްގެ ބެލުމުގެދަށުގައި އެ މާވަހަރު ކަމަށް ބެލެވޭ އެތި އޮތް އިރު މާވަހަރެއް ކަން ޔަގީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355