twitterviber whatsapp telegramfacebookyoutube instagram
5th November 2025

ސީރިއާއަށް އެހީވުމަށް މަކުނުދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

Jan 25, 2017

ސީރިއާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި މަކުނުދޫ ދީނީ ރޫހް އަދި އެރަށު ކައުންސިލް ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެ އެވެ.

“ކޭއޯ” އަށް މައުލޫމާތު ދެމުން އިންޓަނޭޝަނަލް އެއިޑް ކޭމްޕޭންގެ ކޯޑިނޭޓަރ މުހައްމަދު އިހުސާން ވިދާޅުވީ ސީރިއާއަށް އެހީތެރިވުމުގެ ގޮތުން ރޭ ވަނީ ކަލެކްޓިން ޕޮއިންޓެއް ހުޅުވާފައި ކަމަށާއި ރޭގައި އެކަނިވެސް ގާތްގަނޑަކަށް 15 ފޮށިގަނޑުގެ ތަކެތި ލިބުންކަމަށެވެ.

ކަލެކްޝަން ޕޮއިންޓް ފެބްރުއަރީ ފަހު ހަފްތާއާއި ހަމައަށް ކޮންމެ ރެއަކު 8:30 ން 10 އަށް ހުޅުވިފައި ހުންނާނެ ކަމަށާއި ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ކަލެންޝަން ޕޮއިންޓް ބަންދު ކުރުމަށްފަހު ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މި ކެލްޝަން ޕޮއިންޓުން ކުޑަކުދިން އަދި ބޮޑެތިމީހުންގެ އަންނައުނު، ފައިވާން، ބޫޓް، ރަޖާ، ނެޕީ، ގޮދަނޑި، މަސްދަޅު އަދި ކުޑަކުދިންގެ ކާނާ ބަލައިގަންނާނެ އެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހު ހަވީރު 4 ން 6 އަށް ހެދިކާ ވިއްކުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްދާނެ ކަމަށާއި މި ހަރަކާތުން ލިބޭ ފައިސާ ބޭނުން ކުރާނީ އިތުރަށް ތަކެތި ގަތުމަށްކަމަށް އިހުސާން ވިދާޅުވި އެވެ.

ސީރިއާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް ކުރިއަށްގެންދާ މި ކެމްޕެއިނަކީ އަސްރު ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355