twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Jan 25, 2017

ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިި އާއި ބިޔަރު ދަޅު ފުލުހުން އެރަށުގައި ނައްތާލައިފި އެވެ

މިއަދު ހަނިމާދޫ ޕޮލިސް ސްޓޭޝަނުންގައި ނައްތާލައިފައިވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އަދި 2016 ވަނަ އަހަރުގެ ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައިވާ ބަނގުރަލުގެ ބާވާތްތަކުގެ ތެރެއިން ތެރެއިން މައްސަލަ ނިމިފައި ހުރި ބައެވެ.  އެކި ސައިޒްގެ 147 ފުޅި ބަނގުރާ ނައްތާލާފައިވެ އެވެ.

މިއަދު ހަނިމާދޫގައި ބަނގުރާ ނައްތާލަނީ–

ފުލުހުން ބުނީ މިއަދު ނައްތާލި ބަނގުރާ ފުޅިތަކަކީ ރާއްޖޭގެ އައުމަށްފަހު އެބުރި ދާ ޓޫރިސްޓްގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ. މިއަދު ނައްޓާލި މި ބަނގުރާފުޅިތަކަކީ ތަފާތު 95 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވައިވާ ބަނގުރަލެވެ.

ބަނގުރާފުޅިތައް ނައްތާލައިފައިވަނީ ކަމާ ބެހޭ މުވައްސަސާތަކުގެ ވެރިންނާ ނޫސްވެރިންގެ ހާޒިރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355