twitterviber whatsapp telegramfacebookyoutube instagram
7th May 2024

ތިންވަނަ ކުއާޓާގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ކުޅުދުއްފުށީ 3 ވިޔަފާރިއެއް

Jan 26, 2017

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އިން ނެރެފައިވާ ލިސްޓުގައި ކުޅުދުއްފުށީގެ ތިން ވިޔަފާރިއެއް ހިމެނިއްޖެ އެވެ.

މީރާއިން އިއްޔެ އާއްމުކޮށްފައިވާ ލިސްޓުގައި ވާގޮތުން ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކަކީ ކުޅުދުއްފުށީ ސަންބީމް، މުހައްމަދު މައުސޫމް އަލީ ނަންމަތީ ރަޖިސްޓްރީ ކޮށްފައިވާ ސިލްކް ރޯސް އާއި ޒަމާނީގެ މުހައްމަދު ހަސަން ނަންމަތީގައި ރަޖިސްޓަރީކޮށްފައިވާ ސަހާމާ ޕެލެސް އަދި ފަތާތައްޓެވެ.

މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 15 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 54 ފަރާތަކާއެކު ޖުމުލަ 69 ފަރާތެއްގެ ނަން ހިމެނެއެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށްވެސް މިރާގެ ބަޔާނުގައި ވެއެވެ. އަދި ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެކަމަށް މީރާއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355