twitterviber whatsapp telegramfacebookyoutube instagram
5th November 2025

އިހަވަންދޫގައި ނިޔަމިކަމުގެ ކޯހެއް ފަށައިފި

Jan 28, 2017

އެމްއެންޑީއެފުން ހިންގާ ފުރަތަމަ ނިޔަމި ކަމުގެ ކޯސް ހއ. އިހަވަންދޫގައި އިއްޔެ ފަށައިފިއެވެ.

27 ޖެނުއަރީ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ވަނީ އިހަވަންދޫ އާއި މޮޅަދޫގެ އިތުރުން ދިއްދޫ އަދި ހޯރަފުށިން، ޖުމުލަ 120 މީހުން ބައިވެރިވެފައި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ލިބޭ ގޮތުގައި މި ކޯސް ކުރިއަށްދަނީ ހަތަރު ބެޗަކަށް ބަހާލައިގެން ކޮންމެ ބެޗެއްގައި 30 މީހުންގެ ޖާގަ ހިމަނައިގެން ކަމަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ހިންގާ މި ކޯހުގައި 30 ގަޑިއިރުގެ ކުލާސްތައް ނަގައިދިނުމަށްވެސް ވަނީ ހަމަޖެހިފައިި ކަަމަށެވެ. ހަމަ އެހެންމެ ކިޔަވައިދޭން ހަމަޖެހިފައިވާ މައިގަނޑު 4 ބަޔަކީ ނެވިގޭޝަން، ސޭފްޓީ، ކޮމިޔުނިކޭޝަން އަދި ރެގިޔުލޭޝަން ކަމަށެވެ.

އަދި މި ކޯހަކީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ލެވެލް 2 ގެ ފެންވަރަށް ކުރިއަށްގެންދާ ކޯހެއް ކަމަށާއި ކޯހުގައި ކިޔަވައި ދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކަމަށެވެ.

އޭގެ އިތުރުން މިކޯހަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ލިބެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355