twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ދިއްދޫގައި ހިންގި ރެޑީ ކޭމްޕު ނިންމާލައިފި

Jan 29, 2017

ސާނަވީ މަރުހަލާގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ހިންގާ ރެޑީ ކޭމްޕް ސިލްސިލާގެ ތެރެއިން ހއ.ދިއްދޫގައި ހިންގި ރެޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ހއ.ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސާމީއެވެ.

މިމަހުގެ 26 ން 28 އަށް ހއ.ދިއްދޫގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ހއ.ތައުލީމީ މަރުކަޒުގެ ސާނަވީ ގްރޭޑް ތަކުގައި ތައުލީމު ހާސިލްކުރަމުންދާ 79 ދަރިވަރަކު ބައިވެރިވެ ކޭމްޕު ފުރިހަމަކޮށްފައިވާ ކަމަށާއި ބައިވެރިންގެ ތެރޭގައި ހިމެނެނީ 34 ފިރިހެން ދަރިވަރުންނާއި 45 އަންހެން ދަރިވަރުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ކޭމްޕުގައި ވަނީ ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މުހިއްމު ބައެއް ގާނޫނޫތައް ކަމުގައިވާ އާއްމު އިޖްތިމާއީ މިންގަނޑުގެ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދީފަ އެވެ.

ކޭމްޕު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީގެ އިތުރުން ހއ. އަތޮޅު ކޮމާންޑަރާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންގެ އިތުރުން ސްކޫލުގެ އިސްވެރިންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355