ދިރާގުގެ ނެޓްވަރކް ހިޔާރު ކުރެއްވުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ، މޮބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ ޕްރޮމޯޝަން އެއް ފަށައިފި އެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި މި ހާއްސަ ޕްރޮމޯޝަނުގައި ދިރާގު މޮބައިލް ޕޯސްޓްޕެއިޑް އެއް ނަގައިގެން 6 މަސް ދުވަސް ވަންދެން 2 ޖީބީ ގެ ހިލޭ ޑޭޓާ އާއި 3 މަސް ދުވަސް ވަންދެން މަހު ފީ އިން %25 ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އަދި ދިރާގުގެ މޮބައިލް ޕްރީޕެއިޑް ނަގާ ކަސްޓަމަރުންނަށް 6 މަސް ދުވަސް ވަންދެން ކޮންމެ މަހަކު 1 ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި އަލަށް ދިރާގުގެ މޯބައިލް ކަނެކްޝަނެއް ނަގާ ކަސްޓަމަރުނާއި މިހާރު ގެންގުޅޭ ނަންބަރު ބަދަލު ނުކޮށް ދިރާގު ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ހިދުމަތެއް ނަގާ ފަރާތްތައް ވެސް ހިމެނެ އެވެ.