ނުކުޅެދުންތެރިކަން ހުންނަ މީހުންނަސް ވަޒީފާ ދިނުމަށް ސަރުކާރުން ހިންގާ ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން އަލަށް 157 މީހަކަ ވަޒިފާ ދީފި އެވެ.
ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތެއް ދީ އެއްވެސް މީހަކު މުޖުތަމައުން ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ވަޒީފާ ހަމަޖެއްސި 157 މީހަކަށް ވަޒީފާދީފައިވަނީ ދައުލަތުގެ ކުންފުނިތަކުންނެވެ. އެގޮތުން 18 ކުންފުންޏަކުން ވަޒީފާ ދީފައިވެ އެވެ.
މިކަމަށްޓަކާ މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތެވެ. ކުންފުނިތަކުން އަލަށް ވަޒީފާދިން 157 މީހުންގެ ތެރެއިން މިއަދުގެ ޖަލްސާއަށް ވަޑައިގަތީ 140 މީހުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މީގެ ކުރިންވެސް ވަނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފަދީފަ އެވެ.