ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 15 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން އޭޕްރިލް 15 އަށް އިންތިޚާބު ފަސްކުރީ އިންތިހާބުގެ ކަންކަން ކުރިއަށްގެންދާ ސްކޫލް ހޯލްތައް ކުރިން އިންތިހާބު ބާއްވަން އޮތް ތާރީޙަށް ލިބެން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގެވުމާ ގުޅިގެން ކަމަށް އެކޮމިޝަނުން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚަށް އައި ބަދަލާއެކު ވޯޓަރސް ލިސްޓަށްވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. މީގެ އިތުރުންވެސް އިންތިހާބާ ގުޅުންހުރި އެހެން ބައެއް ކަންކަމަށްވެސް ބަދަލުތައް އަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މީގެ ކުރިން ކައުންސިލް އިންތިހާބު ފުރަތަމަ ބޭއްވުމަށް ހަމަޖެއްސީ ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން އިންތިޚާބު ދެ މަސްދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމަކާ ގުޅިގެން ދެވަނަ ފަަހަރަށް އިންތިހާބު އޭޕްރިލް 8 ވަނަ ދުވަހަށް ވަނީ ބަދަލުކޮށްފަ އެވެ.