ހުސްވެފައިވާ ހދ ނާވައިދޫ ކައުންސިލްގެ ރައީސްކަމަށް އަނެއްކަވެސް އަހުމަދު ޒިޔާދު އިންތިހާބުކޮށްފި އެވެ.
ނާވައިދޫ ކައުންސިލްގެ ރައީސްކަމުން ރިޔާދު އިސްތިއުފާ ދެއްވީ ޖެނުއަރީމަހު އެވެ. އަނެއްކަވެސް ޒިޔާދު މިއަދު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރީ، ޖަލްސާ ބޭއްވުމަށް ފަހު ފުރުސަތު ހުޅުވާލައިގެންނެވެ. ފުރުސަތު ހުޅުވާލުމުން އެމަގާމަށް ކުރިމަތިލީ ޒިޔާދު އެކަންޏެވެ.
ޒިޔާދު ރައީސްކަމުގެ މަގާމު ލިބުނީ ވޯޓްގައި ބައިވެރިވި 3 ކައުންސިލަރުންގެ ތެރެއިން 2 ކައުންސިލަރެއްގެ ވޯޓުންނެވެ.
ނާވައިދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ 4 ކައުންސިލަރުންނެވެ.