twitterviber whatsapp telegramfacebookyoutube instagram
14th September 2025

ހދ އަތޮޅު ޤުރުއާން މުބާރާތް މިފަހަރުވެސް ނެއްލައިދޫގައި

Feb 1, 2017

ހދ އަތޮޅު ޤުރުއާން މުބާރާތް މި އަހަރުވެސް ނެއްލައިދޫގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ނެއްލައިދޫގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހުނީ މުބާރާތް ހޯސްޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލާފައިވަނީ ހަމައެކަނި ނެއްލައިދޫން ކަމަށް ވާތީ އެވެ.

ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބްދުލް ލަތީފް ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ ހޯސްކުރަން ހުޅުވާލި ފުރުސަތު މިދިޔަ މަހު 26 އަށް ހަމަވެފައިވާއިރު ކުރިމަތިލައިފަނީ ނެއްލައިދޫއިން އެކަނި ކަމަށާއި އެހެން ކަމުން މުބާރާތް ނެއްލައިދޫގައި ބޭއްވުމަށް ހަމަޖެއްސީ ކަމަށެވެ.

މިއަހަރު ޤުރުއާން މުބާރާތް ބާއްވަން ނިންމާފައިވަނީ މާރޗުމަހުގެ 2 ން 4 ށެވެ.

މިދިޔަ އަހަރު ޤުރުއާން މުބާރާތުގައި އަތޮޅުގެ 12 ރަށަކުން ޖުމްލަ 148 ދަރިވަރުން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355