twitterviber whatsapp telegramfacebookyoutube instagram
14th August 2026

ނޭކުރަންދޫ އިން އަލަށް ގޯތި ދޫކުރި ސަރަހައްދުގެ މަގުތައް ހަދަން ފަށައިފި

Feb 2, 2017

ހދ ނޭކުރަންދޫ އިން އަލަށް ގޯތި ދޫކުރި ސަރަހައްދުގެ މަގަށްވާ ގޮތަށް ހުރި ރުއްގަސް ނަގައި ސާފުކުރަން ފަށައިފި އެވެ.

ނޭކުރަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިޒާން ކޭއޯއަށް ވިދާޅުވީ އެރަށުން އެންމެ ފަހުން ގޯތި ދޫކުރު ސަރަހައްދުގެ މަގުތަކަށް އަރާގޮތަށް ހުރި ރުއްގަސް ނަގައި މަގު ހަދަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެސަރަހައްދުގެ މައި ހަތަރު މަގެއް ހަދަން ހަމަޖެހިފައިވާކަމަށް ޝިޒާން ވިދާޅުވި އެވެ.

ޝިޒާން ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ބަށި ކޯޓާއި ވޮލީ ކޯޓާއި ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައިވާ ބިން ސާފުކޮށް، އެސަރަހައްދުގެ މަގުތައްވެސް ހަދާނެ ކަމަށެވެ. އަދި މޫދު އެރެން ހަދާފައިވާ ސަރަހައްދުގެ ބީޗަށް ވެލިއަޅާ އެތަނަށް ދާން އޮންނަ މައި މަގުވެސް ހަދާނެކަމަށް ޝިޒާން ވިދާޅުވި އެވެ.

ހައުންސިންގ މިނިސްޓަރު މުއިއްޒުގެ ދާދި ފަހުން ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނޭކުރަންދޫއަށް ވަޑައިގަތުމުން އެކަންކަން އަވަސްކޮށްދެއްވުމަށް އެދުނުކަމަށެވެ. އަދި އެއަށްފަހު ގިނަ ދުވަސްތަކެއް ނުވެ މަސައްކަތް ފެށުމުން މިނިސްޓަރަށް ޝުކުރުއަދާކުރައްވާކަމަށް ޝިޒާން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355