ކީ ސްޓޭޖް ތިނެއްގެ ހދ އަތޮޅުގެ ވޯކްޝޮޕް މިއަދު އަފީފުއްދީން ސްކޫލުގައި ބާއްވައިފި އެވެ.
މިއަދު ހެނދުނު 8:30 ން 4 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ހދ އތޮޅުގެ 14 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ މި ވޯކްޝޮޕްގައި 15 އެމްބެސަޑަރުން ސެޝަންތައް ނަގާދީފައިވާނެ ކަމަށެވެ. ވޯކްޝޮޕްގައި ކިޔަވައިދީފައިވަނީ ގްރޭޑް 7 ގެ އައު ކަރިކިއުލަމް އާއި މާއްދާތައް ނަގައިދެއްވާނެ ގޮތްތަކާއި ބެހޭގޮތުންކަމަށް ނާސިހާ ވިދާޅުވި އެވެ.
މި ވޯކްޝޮޕްގައި ޖުމްލަ 113 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.