ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ދުއްވި ކާރެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 11:00 ޖަހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ ކުޅުދުއްފުށީ ހަސަނާތު މިސްކިތް ކައިރީގައި އެވެ.
މަންޒަރު ދުށް މީހުން ބުނީ އެކްސިޓެންޑް ހިނގި ވަގުތު ކާރު ދުއްވަން އިނީ މެންބަރު ނަޝީދު ކަމަށެވެ. މި އެކްސިޓެންޑްގައި ކާރު ގައި ތިބި އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ކޭއޯ އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮޕިޝަލް ފާތިމަތު ހަސަން ވިދާޅުވީ އެކްސިޓެންޑްގައި ސައިކަލު ދުއްވަން އިން މީހާގެ ފައިވަނީ ބިނދިފަ ކަމަށާއި ކުޅުދުއްފުށިން ދެވެން ހުރި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޕޭސަންޓް މާލެ ފޮނުވާލެމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފުރާނައަށް ނުރައްވާ ވަރުގެ ކަމެއް ވެފައި ނުވާކަމަށް ފާތުމަތު ވިދާޅުވި އެވެ.
ފާތުމަތު ވިދާޅުވީ އާސަންދަ ހަމަޖެހުނުހާ އަވަހަށް އިތުރު ފަރުވާއަށް ޕޭސަންޓް މާލެ ފޮނުވައި ލެވޭނެ ކަަމަށެވެ.