twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ކުޅުދުއްފުށީގައި ޖުވާ ކުޅެން ތިބި ބަންގާޅިންތަކެއް ހައްޔަރުކޮށްފި

Feb 4, 2017

ހދ ކުޅުދުއްފުށީގައި ޖުވާ ކުޅެން ތިބި ދިހަ ބަންގާޅިންތަކެއް ހައްޔަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި ހައްޔަރުކޮށްފައިވަނީ 10 ބަންލަދޭޝް މީހުންކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ޖުވާ ކުޅެން ތިއްބައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 48 އަހަރާއި ދެމެދުގެ ބަންގްލަދޭސް މީހުން ކަމަށް ފުލުހުން ބުނެ އެވެ.

މީޑިއާ އޮފިސަލް ވިދާޅުވީ އެގޭތެރެ ބަލާ ފާސްކުރިއިރު ވަނީ ޖުވާ ކުޅެން ގެންގުޅޭ ސާމާނާއި ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާ ކަމަށެވެ.

އެމީހުންގެ ބަންދުގެ މުއްދަތަށް 7 ދުވަސްވަނީ ކޯޓުން ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355