ކުޅުދުއްފުށިގައި ހިންގަމުން އަންނަ ފިޒާޓާ ރެސްޓޯރަންޓަށް ބަޔަކު ވަދެ، ވައްކަންކޮށްފި އެވެ.
އެ ރެސްޓޯރެންޓްގެ މެނޭޖަރު އަބުދުލް ހަކީމް މިއަދު ވިދާޅުވީ، ވައްކަން ކޮށްފައިކަން އިނގުނީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހުޅުވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ރެސްޓްރެންޓުން ވަގަށް ގެންގޮސްފައިވަނީ ކައުންޓަރުގެ ތަޅު އިރާލުމަށްފަހު އޭގައި ހުރި 500 ވަކި ރުފިޔާ އާއި 13 ފޮށި ސިގިރޭޓް ކަމަށެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މިކަމާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.