twitterviber whatsapp telegramfacebookyoutube instagram
18th July 2025

ހދ. އަތޮޅު ކައުންސިލާއި ސީއެސްޓީއައި ގުޅިގެން ހިންގި ދެކޯހެއްގެ ނިމުން ފާހަގަކޮށްފި

Feb 5, 2017

ހދ.އަތޮޅު ކައުންސިލާއި ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގުޅިގެން ކުޅުދުއްފުށީގައި ހިންގި ދެކޯހެއްގެ ދަސްވެނިވުން ބާއްވައިފިއެވެ.

ކުޅުދުއްފުށީ ނޯދަން އޮފީސް ކޮމްޕްލެކްސްގެ ޖަލްސާކުރާ ހޯލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ސަމީމްއެވެ.

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ނައިބްރައީސް އަބްދުއްލަތީފް ހަސަންއެވެ.

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ދެވަނަ ބެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއެސްޓިއައިގެ ޑިރެކްޓަރ ފާތުމަތު ހަބީބާއެވެ. އަދި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަރިވަރުންނަށް ސެޓްފިކެޓްް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެވެ.

އެއީ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ސެޓްފިކެޓް އިން 42 ދަރިވަރުންނާއި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން 20 ދަރިވަރުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. މުޅި ޖުމްލަ 62 ދަރިވަރަކު ވަނީ މި ޖަލްސާގައި ސެޓްފިކެޓް ހާސިލްކޮށްފައި އެވެ.

ކުޅުދުއްފުށީގައި ހިންގި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހަކީ ސީއެސްޓީއައި އާއި ކައުންސިލަކާ ގުޅިގެން ބޭއްވި ފުރަތަމަ ޑިޕްލޮމާ ކޯހެވެ.

އޭގެއިތުރުން އެރަސްމިއްޔާތުގައި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ވަނީ ކުޅުދުއްފުށީ ސްކޫލްތަކަށާއި، ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޮތް ހަދިޔާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355