twitterviber whatsapp telegramfacebookyoutube instagram
18th July 2025

ކުޅުދުއްފުއްޓާއި އިތުރު 4 ރަށެއްގައި އެއާޕޯޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން: ރައީސް ޔާމީން

Feb 6, 2017

ރާއްޖެގެ ފަސް ރަށެއްގެ މިއަހަރުގެ ތެރޭގައި ސަރަހައްދީ އެއާޕޯޓްތަކެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓާވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ މިއަދު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ރާއްޖެގެ އެކި އަތޮޅުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކާ ސަރަހައްދީ ވައިގެ ބަނދަރުތަކެއް ގާއިމުކުރުމަށް ސަރުކާރުން ހިނގާ މަޝްރޫއުގެ މަސައްކަތުގެ ދަށުން މިއަހަރު ފަސް ރަށެއްގައި އެއާޕޯޓްތަކެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން މިއަހަރު ސަރަހައްދީ ވައިގެ ބަނދަރުތަކެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވީ، ހދ ކުޅުދުއްފުށި، ށ ފުނަދޫ، ފ ނިލަންދޫ، ގދ މާވަރު އަދި އެއަތޮޅު ފަރެސްމާތޮޑާގަ އެވެ.

ރައީސް ވިދާޅުވީ އެރަށްތަކުގައި ސަރަހައްދީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ.

ހދ އަތޮޅަށް ރައީސް ޔާމީން މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓް ގާއިމްކޮށް ހިދުމަތްވެސް ދޭން ފަށާނެ ކަމަށެވެ.

ކުޅުދުއްފުށިގައި އެއާޕޯޓެއް ގާއިމްކުރުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355