twitterviber whatsapp telegramfacebookyoutube instagram
18th July 2025

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން މިއަހަރު ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެ

Feb 6, 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވާދެއްވަމުން ރައީސް ޔާމީން އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ޓީޗަރުން މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެ ކަމަށެވެ. ސަރުކާރުގެ ރަސްމީ ތައުލީމުގެ ތެރޭގައި ޕްރީ ސްކޫލު ކަނޑައަޅައި،  ރާއްޖެގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕްރީ ސްކޫލު ތައުލީމް ހިލޭ ފޯރުކޮށްދޭން ފަށާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެހެންކަމުން ބައިނަލްއަޤްވާމީ ތަޢުލީމުގެއެޖެންޑާގައި 2030 ވަނަ އަހަރު ހާސިލުކުރުމަށް އެއްބަސްވެފައިވާއިރު 1 އަހަރު ދުވަހުގެ ހިލޭ ޕްރީސްކޫލް ތަޢުލީމަށްވުރެ މި މަރުހަލާގެ ތައުލީމުފުޅާކޮށް 2016 ވަނަ އަހަރު މި ލަނޑުދަނޑި ހާސިލުކޮށްފައިވާކަން އުފަލާއެކުފާހަގަކުރާކަމަށް ރައީސް ވިދާޅުވި އެވެ.

ތައުލިމީ ސިޔާސަތަށް ގެނައި ބަދަލާއެކު ބީޓެކާއި ދަސްވާރު ފަދަ ޕްރޮގުރާމްތަކުގައި 40 އިންސައްތަ ކުދިން ކިޔަވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ތައުލީމީ ދާއިރާއިން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބަކީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުން 5 މާއްދާއިން ފާސްވި ކުރިންގެ އަދަދު 70 އިންސައްތައަށްވުރެ މަތިންވުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355