މި މަހު 24 ން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ގުރުއާން މުބާރާތުގައި 87 ބައިވެރިން ބައިވެރިވެއްޖެ އެވެ.
މި މުބާރާތުގައި 3 ސްކޫލަކުން އަދި 4 ގުރުއާން ކުލާހުން ވާނީ ބައިވެރިވެފަ އެވެ. އެގޮތުން އަފީފުއްދީން ސްކޫލުން 15 ދަރިވަރުން، ހދ އަތޮޅު ތައުލީމީ މަރުކަޒުން 15 ދަރިވަރުން އަދި ޖަލާލުއްދީން ސްކޫލުން 8 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.
ގުރުއާން ކުލާސްތަކުގެ ތެރެއިން އިޚްލާސް ގުރުއާން ކުލާހުން 15 ދަރިވަރުން، ޢިލޫމުލް ގުުރުއާން ކުލާހަކުން ވަނީ 14 ދަރިވަރުން، މައިޒަމް ގުރުއާން ކުލާހުން 9 ދަރިވަރުން އަދި ޙިލާލުލް ގުރުއާން ކުލަހުން 11 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނީ ރަށުން ބޭރުން ފަނޑިޔާރުންނެވެ. އެގޮތުން މިދިޔަމަހު ވަނީ ފަނޑިޔާރުކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސިޓީ ލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ކުޅުދުއްފުށީ ތިލަދެކުނު ސިނަމަގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހު 27 ވާ ހޯމަ ދުވަހު އެވެ.