twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުށްވެރިންނަށް މަޖިލީސް އިންތިހާބުގައި ވާދަކުރެވޭ ޝަރުތު ބަދަލުކުރަން ޖެހޭ

Feb 8, 2017

ކުށްވެރިންނަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލުގެނެސް ޝަރުތުތައް ބަދަލު ކުރަން ޖެހޭ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގަފޫރު ވިދާޅުވީ ސިޔާސީ މަގާމުތަކަށް އަންނަ ފަރާތްތަކަކީ ކުށްވެރިންކަމުގައި ވެގެން ނުވާނެ ކަމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތައް މީގެ ކުރިން އޮތް ގޮތަށް މަޖިލިސް ކަމަށް ކުރިމަތިލުމުގެ ޝަރުުތުތައް ވެސް ބަދަލު ކުރަންޖެހޭ ކަމަށެވެ.

ލޯކަލް ކައުސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތައް މީގެކުރިން އޮތްގޮތުން ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް މަޖިލީހަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ޝަރުތުތަކަށް ބަދަލުގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ފާސްކުރި އިރު އިންތިހާބުގައި ވާދަނުކުރެވޭނީ ހަމައެކަނި ކުޑަކުދިންނަށް ބެހޭ މީހުންނާއި ރޭޕްގެ ކުށްތައް ކުރާ މީހުންނަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ ޖަލަށްލާ މީހަކު ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފާޒު ކޮށް ނިމޭތާ ނުވަތަ މާފުދޭތާ ހަތް އަހަރު ފަހުން ކަމަށް ކަނޑައަޅައި ބިލު ވަނީ އިސްލާހުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355