ށ ނަރުދޫގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިގެން ބިނާ ކުރަމުން އަންނަ އައު މިސްކިތް މި އަހަރުގެ ރޯދަމަހަށް ނިންމައި ބޭނުންކުރެވެން ފެށޭނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ޕީއެސްއެމައަށް ދިން އިންޓަވިއުއެއްގައި ނަރުދޫ ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ އަޒުމީ ވިދާޅުވީ މިހާރު މިސްކިތުގެ 35 ޕަސެންޓުގެ މަސައްކަތް ނިިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ މިސްކިތުގެ ވަށައިފާރު ރޭނުމާއި، ފިނިޝިންގެ މަސައްކަތްކަމަށެވެ.
އަދި މިސްކިތުގެ ކޮންކްރީޓް މަސައްކަތާއި މިސްކިތް ހިޔާކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އަޒުމީ ވިދާޅުވި އެވެ. މި މިސްކިތަކީ ތިންސަތޭކައަށްވުރެ ގިނަ މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގަ އެވެ.