twitterviber whatsapp telegramfacebookyoutube instagram
14th August 2026

ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިއުރޭޑިއަންޑް ކެލައަށް

Feb 11, 2017

ނިއު ރޭޑިއަންޑް ސްޕޯޓްގެ ކުޅުންތެރިން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އިއްޔެ ކެލަޔަށް ގޮސްފި އެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ ވީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކެލާއަށް ކުރާ ދަތުރެއް ކަމަށާއި އެގޮތުން ކެލާގައި އެކުވެރި ކަމުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

ފުރަތަމަ މެޗުގައި ނިއު ނިކުންނާނީ ކެލާގެ ޓީމަކާ ދެކޮޅަށް ކަަމަށާއި އަދި ދެ ވަނަ މެޗުގައި ނިއު ނިކުންނާނީ މުރާދޫ ޓީމަކާ ދެކޮޅަށް ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ނިއުގެ މި ދަތުރުގައި ތީމުގެ 26 ކުޅުންތެރިންނާއި، އޮފިޝިއަލުން ބައިވެރިވާނެ އެވެ. މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނިއުގެ ކުޅުންތެރިން އިއްޔެ ކެލާއަށް ދިއުމުން އެރަށުގެ ގިނަ އަދަދެއްގެ ރަށްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355