twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިޚްލާސް ޤުރުއާން ކުލާހުން ހިންގި ޤިރާއަތު ކޯހުން އެއްވަނަ މުއާޒްއަށް

Feb 11, 2017

ކުޅުދުއްފުށީގައި ހިންގާ އިޚްލާސް ޤުރުއާން ކުލާހާއި އިންސްޓިޓިއުޓް ފޯރ ޤުރުއާނާ ގުޅިގެން ހިންގި ސެޓްފިކެޓް 1 އިން ޤިރާއަތު ކޯހުން 1 ވަނަ މުއާޒް އަބްދުލް މުހުސިން ފިނިހިޔާގެ/ ހއ މޮޅަދޫ ހޯދައިފި އެވެ.

66 ދަރިވަރުން ބައިވެރިވި މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ 3 ބެޗަކަށެވެ. އެގޮތުން މުއާޒް ވަނީ މި ކޯހުގެ 63، 64 އަދި 73 ވަނަ ބެޗުންވެސް އެއްވަނަ ހޯދާފަ އެވެ.

އެގޮތުން މި ކޯހުގައި ވަކިވަކި ބެޗުތަކުން ވަނަ ވަނަ އަށް އައި ދަރިވަރުންނަށް ވަނީ އިނާމާއި ސެޓްފިކްޓް ހަވާލުކޮށްފަ އެވެ.

ބެޗު 63 ވަނައިން ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަކީ:

1 ވަނަ: އައިމިނަތު އިބާ އާދަމް / ދަނބުގެ ހއ އިހަވަންދޫ

2 ވަނަ: މުހައްމަދު އުމަރު / ފިނިވާގެ ހދ ކުޅުދުއްފުށި

3 ވަނަ: އަބްދުﷲ މުހައްމަދު / ނަމޫނާ ހދ ކުޅުދުއްފުށި

ބެޗު 64 ވަނައިން ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަކީ:

1 ވަނަ: ނައީމާ މުހައްމަދު / ނަސްރު ހދ ކުޅުދުއްފުށި

1 ވަނަ: މުސްހަބު އަބްދުﷲ / ތޫރު ހދ ކުޅުދުއްފުށި

2 ވަނަ: ޒިއާދާ އާދަމް / އަލިގާ ހދ ކުޅުދުއްފުށި

3 ވަނަ: ހައްވާ ހަސަން / ޖާވައްތަގެ ހދ ކުޅުދުއްފުށި

ބެޗު 73 ވަނައިން ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަކީ:

1 ވަނަ: މުއާޒް އަބްދުލް މުހުސިން / ފިނިވާގެ ހއ މޮޅަދޫ

2 ވަނަ: ސިނާ ހަަސަން / ލަވްްނެސްޓް ހދ ކުޅުދުއްފުށި

3 ވަނަ: އަހުމަދު ބިން ހަމްޒާ / މަހުމާގެ ހދ ކުޅުދުއްފުށި

މިއަދު ހަވީރު ޖަލާލުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަބްދުއްﷲ އެެެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީގެ އިއްޒަތްތެރިޔެއްކަމަށްވާ މުސާ އަލީ ވަނީ ބައިވެރިވެފަ އެވެ.

މިއީ އިޚްލާސް ޤުުރުއާން ކުލާހާއި އިންސްޓިޓިިއުޓް ފޯރ ޤުުރުއާން އެންޑް ސުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެވެ. އަދި މިއީ އިޚްލާސް ޤުރުއާން ކުލާހުން ހިންގި ފުރަތަމަ ޤިރާއަތު ކޯސް ވެސް މެެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355