އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުގައި ލައިކްސް އަދި ޝެއާގެ ނިސްބަތުން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފޮޓޯއަކަށް އަފްތީމް އިބްރާހީމް (ކޯޑް: 115) ހުށައަޅާފައިވާ ފޮޓޯ ހޮވިއްޖެ އެވެ.
އަދި އެންމެ ގިނަ މީހުން ބައިވެރިވެފައިވާ ފޮޓޯއަކަށް ހޮވިފާވަނީ އިބްރާހީމް ނަސީމް (ކޯޑް: 108) ހުށައަޅާފައިވާ ފޮޓޯއެވެ.
އެންމެ ގިނަ މީހުން ބައިވެރިވެފައިވާ ފޮޓޯ–
2016 ވަނަ އަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި އޭސީސީން ކުރިއަށް ގެންދިޔަ މި ފޮޓޯ މުބާރާތަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ބޭއްވުނު މުބާރާތެއް ކަމަށް އޭސީސީން މައުލޫމާތު ދެއެވެ.
އަދި މި މުބާރާތުގެ ތީމްގެ ގޮތުގައި ހަމަޖައްސައިފައިވަނީ “މަވެސް ކޮރަޕްޝަނާ ދެކޮޅު”، “އަހަންނަކީ ނަޒާހަތްތެރިއެއް”، އަދި”ކޮރަޕްޝަނަށް ނޫނެކޭ ބުނަމާ” މި ޝިއާރު ތަކެވެ.
2 ކެޓަގެރީއިން ކޮންމެ ކެޓަގަރީއެއްގެ އިނާމެއްގެ ގޮތުގައި ދިހަހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އިނާމުދިނުމަށް ހަމަޖެހިފައި ވަނީ ފަހުގެ ތާރީހެއްގައި އެވެ.