twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ފަށައިފި

Feb 13, 2017

އިމްތިހާނު ހޯލްތައް ބަލަހައްޓާ އިންވިޖިލޭޓަރުން ތަމްރީނުކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

އިމްތިހާނުތައް ބަލަހައްޓާ އިންވިޖިލޭޓަރުން ކޮންމެ އަހަރަކުވެސް ތަމްރީނުކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން އިއްޔެއިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ޑީޕީއީން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ވަނީ ފަށާފައި އެވެ.

ކުރީގެ އަހަރުތަކުގައި މި މަސައްކަތު ބައްދަލުވުން ބޭއްވީ އޯލެވެލް އާއި އޭލެވެލް އަށް ވަކިން މުޅިން ތަފާތު ދެ މަސައްކަތު ބައްދަލުވުމެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުން ފެށިގެން މި މަސައްކަތު ބައްދަލުވުން ބާއްވާފައި ވަނީ ޑީޕީއިން ބާއްވާ ހުރިހާ އިމްތިހާނުތަކެއް އިންވިޖިލޭޓް ކުރެވޭގޮތަށް އެއް މަސައްކަތު ބައްދަލުވުމެއްގެ ގޮތުގައި އެވެ.

މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެވޭ ބައިތަކުގެ ތެރޭގައި އިމްތިހާނުގެ އޮފިޝަލުންނާއި އެމީހުންގެ ޒިންމާއާއި މަސްއޫލިއްޔަތާއި، އިމްތިހާނު ކަރުދާހުގެ ރައްކާތެރިކަމާއި، އިމްތިހާނާއި ގުޅިގެން ކުރާ އިދާރީ މަސައްކަތާއި ކޯޑިނޭޓިންގ އިންވިޖިލޭޓަރ އާއި ޗީފް އިންވިޖިލޭޓަރ ގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ އިތުރުން އިމްތިހާނުގެ ކުރިންނާއި އިމްތިހާނު ހިނގަމުންދާއިރު އަދި އިމްތިހާނު ނިމުމުން ކަންތައް ކުރަންވީ ގޮތްތައް ހިމެނެއެވެ.

މިއީ ހޯލުތައް ބަލަހައްޓާ ފަރާތްތަކަށް އިމްތިހާނުގެ އިދާރީ އެންމެހާ މަސައްކަތްތައް އަންގައިދީ، އިމްތިހާނުތައް ހިންގުމުގެ އާންމު އުސޫލުތައް އަންގައިދީ، އިމްތިހާނު ސެންޓަރުގެ ރައްކާތެރިކަން އަންގައިދީ، އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އޮޅުންފިލުވައިދީ އަދި އިމްތިހާނު ހިންގާނެ ގޮތާއި އިމްތިހާނު ހޯލެއްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް އޮޅުން ފިލުވައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މަސައްކަތު ބައްލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގައި މާލެ އާއި އަތޮޅުތެރޭގެ 57 ސެންޓަރަކުން ޖުމްލަ 80 މީހަކު ވަނީ ބައިވެރިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355