twitterviber whatsapp telegramfacebookyoutube instagram
14th August 2026

ޖަލާލުއްދީން ސްކޫލުގެ ކްލަބު ޖަމިއްޔާތައް އިފްތިތާހުކޮށްފި

Feb 14, 2017

2017 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގެ ކްލަބުތަކާއި ޖަމިއްޔާތައް އިފްތިތާހު ކުރުމުގެ ޖަލްސާ ބާއްވައިފި އެވެ.

މިއަދު ހެނދުނު ޖަލާލުއްދީން ސްކޫލްގެ ހޯލުގައި ބޭއްވި ހާއްސަ އެސެންބުލީގައި  މިއަހަރަށް ކްލަބުތަކާއި ޖަމިއްޔާތައް އިފްތިތާހު ކޮށްދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު މުހައްމަދެވެ.

މިއަހަރު ޖަލާލުއްދީން ސްކޫލުގައި 5 ކްލަބަކާއި 2 ޖަމްއިއްޔާއެއް އިފްތިތާހުކޮށްފައިވެ އެވެ. އެގޮތުން އިކޯ ކުލަބް، އާޓް ކުލަބް، ހިއުމަން ރައިޓްސް ކުލަބް، ހެލްތް ކުލަބްގެ އިތުރުން މިއަހަރު އަލަށް އުފެއްދި ޔަންގް ފިޝާސް ކުލަބު ހިމެނެ އެވެ.

އަދި އިތުރުން ދަރިވަރުންގެ ދިރުން، އިންގްލިޝް ލިޓަރަރީ އެސޯސިއޭޝަން (އީއެލްއޭ) އާއި ބިޒްނަސް ސްޓޫޑެންޓް އެސޯސިއޭޝަން (ބިޒްއެކްޓް) ހިމެނެ އެވެ.

މި ޖަލްސާގައި ކުލަބުތަކާއި ޖަމްއިއްޔާތަކުން މިއަހަރު ކުރިއަށް ރާވާފައިވާ ހުރި ހަރަކާތްތައް އިއުލާންކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355