މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ބޭންކުގެ 30 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާއިރު ހަދިޔާ ކުރި ލޭ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ތެލަސީމިޔާ ކުދިންނަށެވެ.
ސީ ޓްރެކްސް ބިލްޑިންގްގައި ހުންނަ ބޭންކްގެ ކޮންފަރެންސް ހޯލްގައި ބޭއްވި މިހަރަކާތުގައި ބައިވެރިވި ބޭންކްގެ މުވައްޒަފުންނަށް “އަހަރެންގެ ބޭންކް” ކެމްޕޭންގެ ހާއްސަ ހަދިޔާއެއް ވަނީ ދީފަ އެވެ.
ލޭ ހަދިޔާ ކުރުމަށް ހިންގި މި ހަރަކާތަކީ މިހާރު “އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ހުރި ހަރަކާތެއް ހިންގުމަށް ބޭންކުން ކުރިޔަށް ގެންދާ 28 ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.