twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ފޯކައިދޫއަށާއި ފީވަކަށް އުދައަރައި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Feb 14, 2017

ށ. ފޯކައިދޫއަށާއި ފީވަކަށް އުދަ އަރައި އެރަށު ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝީދު ވިދާޅުވީ ރޭ އެރަށް އުދައަރާ ކަނޑޫ ފަލަށް ވަރަށްބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެގޮތުން ރަށުގެ ބޮޑު މަގާއި ދިމާލުން 300 ފޫޓަށް ލޮނުވަދެފައި ވާކަމަަށާއި ބޮޑަށް އުދައަރާފައިވަނީ އިރުމަތި ފަރާތުން ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

ކަނޑޫ ފަލުގެ އިތުރުން އަނބު ދަނޑާއި ކެޔޮ ދަނޑުތަކަށްވެސް ގެއްލުން ވެފައިވާ ކަމަށާއި ގާތްގަނޑަކަށް އެއްހާސް އަކަ ފޫޓްގެ ސަރަހައްދަކަށް ގެއްލުން ވެފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި މިއީ މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފޯކައިދޫގެ އިތުރުން އެއަތޮޅު އަދި ފީވަކަށް ވެސް އުދަ އަރާ ގެއްލުން ތަކެއް ވެފައެވެ.

ފީވަކު ކައުންސިލްގެ ނައިބް ރައީސް އަލީ ރިޒާ ކޭއޯ އަށް ވިދާޅުވީ އުދަ އަރާފައިވަނީ އިރުމަތި ފަރާތުން ކަމަށާއި އެސަރަހައްދުގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށެވެ.

މީހުން އުޅޭ ސަރަހައްދަށް އުދައިގެ އަސަރުކޮށްފައިނުވާ ކަމަށާއި ދަނޑުބިންތަކުގެ ގާތްގަނޑަކަށް ވިހިހާސް އަކަ ފޫޓްގެ ސަރަހައްދަކަށް ގެއްލުން ވެފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް މިދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355