twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބީއެމްއެލްއިން ކެއަރ ސޮސައިޓީއަށް 150،000 ރުފިޔާގެ އެހީއެއް ދީފި

Feb 14, 2017

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކެއާރ ސޮސައިޓީއަށް 150،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މި ފައިސާ ކެއަރ ސޮސައިޓީއާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ކެއަރ ސޮސައިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރުފިޔާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެޖަމިއްޔާއިން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމްތަކަށެވެ.

މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ، އެންޑްރޫ ހީލީ އާއި ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް އާއި ބޭންކުގެ މުވައްޒަފުންނާއި، ކެއަރ ސޮސައިޓީގެ ޗެއަރޕާރސަން، މެނޭޖްމަންޓް، ކެއަރ ޓްރެއިނިންގް ސެންޓަރގެ ޓީޗަރުންނާއި ދަރިވަރުން ބައިވެރިވިއެވެ.

ސޮސައިޓީން ހިންގާ ކެއާ ޑިވެލޮޕްމަންޓް ސެންޓަރ (ސީޑީސީ) އިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާ މީހުންނަށް ތައުލީމީ އަދި އެހެނިހެން ރިހިބިލިޓޭޝަން ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އުމުރުން 0-6 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހާއްސަ އާރލީ އިންޓަވެންޝަން ޕްރޮގްރާމް އާއި އުމުރުން 13 އަހަރާއި 30 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ވޮކޭޝަނަލް ޕޮރްގްރާމް އެއް ހިންގައެވެ. އަދި ކެއަރ ޓްރައިނިންގ ސެންޓަރ އިން ދަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރެޑިޓްކޮށްފައިވާ ޑިސެބިލިޓީ ރިލޭޓެޑް ޓްރެއިނިންގތައް އާންމުންނަށާއި ކުންފުނިތަކަށް ހިންގައިދެމުންނެވެ.

ބޭންކުން މިހާރު ކުރިއަށް ގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355