twitterviber whatsapp telegramfacebookyoutube instagram
17th February 2026

އަތޮޅުތަކުގައި ހިންގާ ސީއެސްއާރު ހަރަކާތްތަކަށް ބީއެމްއެލް އިން އެހީ ފޯރުކޮށްދެނީ

Feb 16, 2017

މިއަހަރު އަހަރުތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާ ސީއެސްއާރު ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

މިކަން އިއުލާން ކޮށްފައިވަނީ އިއްޔެ ދ ކުޑަހުވަދޫގައި ކުރިޔަށް ގެންދިޔަ “އަހަރެންގެ ބޭންކް” ކެމްޕޭންގެ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މީގެ އިތުރުން ބޭންކުން ބުނެފައިވަނީ އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް ފަންޑް ހޯދުމަށް އެއަތޮޅެއްގެ ބޭންކް ބްރާންޗަށް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށެވެ.

ބޭންކުން ވަނީ މީގެ ކުރިން ސީއެސްއާރު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ވަރު މިއަހަރު ދެގުނަ އިތުރުކުރާނެ ކަމަށާ އަދި ރާއްޖޭގެ ސަރަހައްދުތަކަށް ބޭންކްގެ ޚިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން ވެސް ހާމަކޮށްފައެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355