twitterviber whatsapp telegramfacebookyoutube instagram
5th November 2025

“ވަން ބިލިއަން ރައިސިންގ” ކެމްޕޭން މާދަމާ ކުޅުދުއްފުށީގައި

Feb 16, 2017

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރިއަށް ގެންދާ އެއް ބިލިއަން މީހުން އަޑުއުފުލުމުގެ ކެމްޕޭން، މާދަމާ ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފި އެވެ.

“އަންހެނުންގެ ނާޖާއީސް ބޭނުން ހިފުމާ ދެކޮޅަށް އެންމެން އެކީގައި” މި ނަމުގައި މާދަމާ ކުރިއަށްގެންދާ މި ކެމްޕޭން ކުޅުދުއްފުށީގައި ކުރިއަށް ގެންދަނީ ބިލީފް އަދި ހޯޕްފޯ ވުމެންއިން ގުޅިގެންނެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ބިލީފް އިން ބުނެފައި ވަނީ މާދަމާ ކުޅުދުއްފުށީ ބަންޑާރަ މައިޒާނާ ދިމާ ވެލިގަނޑުގައި އޮންނަ މި އަޑު އުފުލުމުގައި އަތްތިލައިގެ ތައްގަނޑު ޖެހުމާއި ދުވަހާ ގުޅޭ ގޮތުން ޝުއޫރު ފާޅުކުރުން ކުރިއަށްދާނެ ކަމަށާއި މި ކެންފޭން ކުރިއަށް ދާނީ މިސްގާލް ބޮޑުބެރު ގުރޫޕްގެ ހުށަހެޅުންތަކާ އެވެ.

އަންހެނުންނަށް ކުރާ އަނިޔާތައް އާއްމުވެފައިވާ މިންވަރު މީހުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހަރަކާތް މާދަމާ ހަވީރު 4:30 ގައި ކުރިއަށް ގެންދާނެ ކަމަށް ބިލީފް އިން މައުލޫމާތު ދެއެވެ.

އެއް ގަޑިއިރަށް ކުރިއަށް ގެންދާ މިހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެކަން އިންތިޒާމުކުރާ ފަރާތްތަކުން އެދިލައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355