twitterviber whatsapp telegramfacebookyoutube instagram
14th August 2026

ރުފިޔާއެއް ކަރުގައި ތާށިވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުއްޖަކަށް ފަރުވާ ނުލިބިފަ

Feb 18, 2017

ރުފީޔާއެއް ކަރުގައި ތާށިވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުޑަ ކުއްޖަކަށް އެކަށީގެންވާ އެއްވެސް ފަރުވާއެއް ނުލިބި ގިނަ ގަޑިއިރުތަކެއް ވެއްޖެ އެވެ.

ކަރުގައި ރުފިޔާއެއް ތާށިވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް ފަރުވާ ނުލިބި އޮތީ ށ. ފޭދޫ އިން މިއަދު ހަވީރު ގެނައި އުމުރު 4 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެކެވެ.

” މިއަދު ހަވީރު ގެނައީ މިރޭ 8 ޖަހާދިޔައިރުވެސް ހަދަންވާ ގޮތެއް މިތަނުން(ހޮސްޕިޓަލް) އެއް ނުބުނޭ، ތަނެއް ދޮރެއް ނޭނގޭ ” ކުއްޖާގެ އާއިލާ މީހަކު ބުންޏެވެ.

އޭނާ ބުނީ ފަރުވާއެއް ނުލިބި ގިނައިރުތަކެއް ވުމުން މިރޭ މެނޭޖަރަށް ގުޅާގެން ގެނެސްގެން މިހާރު އެކުސްރޭ ނަގާފައިވާ ކަމަށާއި އެކަމަކު ކަރުންމަތީގެ ޑޮކްޓަރު ޗުއްޓީގައި ހުރުމުން ތާށިވެފައިވާ ރުފިޔާ ނެގޭނެ ގޮތެއް ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ.

” އޮޕަރޭޝަން ޑޮކްޓަރު ބުނަނީ ކާއެއްޗެއް ދީގެން ރުފިޔާ އެތެރެއަށް ދުއްވާލުމަށް. އެއްޗެހި ކާންވެސް ނުދެވޭ. ކާ އެއްޗެއް ދޭއިރަށް ހޮނޑުލަނީ ” ކުއްޖާގެ ބޭބެ ބުންޏެވެ.

ފަރުވާ ނުލިބި ގިނައިރުތަކެއްވަމުންދާތީ ކުއްޖާގެ ހާލު ދަށަށް ދާން ފަށާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ކާތަކެތި ބަނޑަށްދާ ހޮޅި ތެރޭގައި ތާށިވެފައިވާ އިން ފައިސާ ފޮތި ނެގޭނީ އެންޑަސްކޯޕީ ހަދައިގެން ކަމަށްވާތީ އާސަންދަ ނިޒާމުގެ ތެރެއިން ކުއްޖާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355