twitterviber whatsapp telegramfacebookyoutube instagram
17th February 2026

ކުޅުދުއްފުށީގައި އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

Feb 19, 2017

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން މިއަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އަންހެނުން ކޮމެޓީގެ ރައީސާ ސާދުނާ މުހައްމަދު ވިދާޅުވީ އަންހެނުން ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި އެގޮތުން ގޯނި ރޭސް، ތިންފައި ރޭސް، ބަރޯ ރޭސް އަދި ފެންބަނޑިޔާ ބޮލަށް ލައިގެން ހިނގުން ފަދަ އަންހެނުންނާއި ގުޅޭ ކުޅިވަރުތަކެއް ކުރިއަށް ގެންދާނެ ކަމަށަވެ. މި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް 10 ވަނަ ދުވަހު ވެލިގަނޑުގަ އެވެ.

ސާދުނާ ވިދާޅުވީ އަންހެނުންގެ ދުވަހާއި ދިމާކޮށް މިފަދަ ހަރަކާތެއް ހިންގުމުގެ މަގުސަދަކީ އަންހެނުން އެއްތާކަށް އެއްވެ މަޖާ ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމާއި ހިޔާލު ބަދަލުކޮށް ވާހަކަ ދައްކާލުން ކަމަށެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ އަންހެން ކަނބަލުން ބައިވެރިވުމަކީ އެ ކޮމެޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ސާދުނާ ވިދާޅުވި އެވެ.

މި ހަރަކާތަކީ އަންހެނުންގެ ކޮމެޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއްކެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް 8 މެންބަރުންގެ ޓީމެއް ހައްދަވައި 9142624 އަށް އެސްއެމްއެސް ކުރެއްވުމުން މި ހަރަކާތުގައި ބައިވެރި ވެވޭނެ އެވެ. ނަންނޯޓް ކުރެއްވޭނީ 20 ފެބްރުއަރީ ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355