twitterviber whatsapp telegramfacebookyoutube instagram
14th August 2026

ކަރުގައި ތާށިވި އެއް ރުފިޔާ ފަސޭހަކަމާއެކު އައިޖީއެމްއެޗުން ނަގައިފި

Feb 19, 2017

ކުޑަ ކުއްޖެއްގެ ކަރުގައި ތާށިވި އެއް ރުފިޔާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންދިރާގާދީން މެމޯރިއަލް ހޮސްޕިޓަލުން ނަގައިފި އެވެ.

ށ ފޭދޫ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖަކަށް ރުފިޔާއެއް ދިރި ކަރުގައި ތާށިވީ އިއްޔެ ހަވީރުގެ އެވެ. އެކުއްޖާއަށް ފުރަތަމަ ފަރުވާދިނުމަށް ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އަދި ސިއްހީ މަރުކަޒުން ކުޅުދުއްފުށީ ހޮސްޕިޓަލަށް އިއްޔެ ހަވީރު ގެނެސް، ކަރުންމަތީގެ ޑޮކްޓަރެއް ނެތިގެން އެކުއްޖާ މާލެ ގެންދިޔައީ ރޭ ފަތިހު ހަނިމާދޫމަގުންނެވެ.

އެކުއްޖާގެ ބޭބޭ ކޭއޯއަށް ބުނީ އައިޖީއެމްއެޗުން ގާތްގަނޑަކަށް 25 މިނިޓްގެ އޮފަރޭޝަނަކަށް ފަހު ތާށިވެފައި އިން ރުފިޔާ ނަގާފައިވާ ކަމަށެވެ.

ށ. ފޭދޫ ކުއްޖަގެ ކަރުގައި ތާށިވެފައިން ރުފިޔާ، އޮޕަރޭޝަންކޮށްގެން ނަގާފަ–

އޭނާ ބުނީ ފުރަތަމަ ކޮއްކޮ ގޮވައިގެން ދިޔައީ އޭޑީކޭއަށް ކަމަށާއި އެތަނުން އެކްސްރޭ ނަގައި ކަރުންމަތީގެ ޑޮކްޓަރުން ބެލުމަށް ރާއްޖެއިން ތާށިވެފައިން ރުފިޔާ ފޮތި ނުނެގޭނެ ކަމަށް ބުނެ ބޭރަށް ދިއުމަށް ބުނިކަމަށެވެ. އޭނާ ބުނީ އޭޑީކޭއިން އެެހެން ބުނެފައިވާ ވަނިކޮށް އައިޖީއެމްއެޗަށް ދިޔައީ އެހެން ގޮތެއް އޮތްތޯ ބެލުމަށް ކަމަށެވެ.

އަދި އައިޖީއެމްއެޗުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއެކު އޮޕަރޭޝަންކޮށް ތާށިވެފައި އިން އެއް ރުފިޔާ ނަގައިވާކަމަށާއި އެކަމަކު އަދި ހޭނާރާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355