ހައިކޯޓު އުތުރު ގޮފި ބަންދުކޮށް މުވައްޒަފުން މާލެ ގެންގޮސްފި އެވެ.
ހައިކޯޓްގެ އުތުރުގޮފި ބަންދުކޮށް އެ ކޯޓްގައި މަސައްކަތް ކުރި މުވައްޒަފުން މާލެ ގެންގޮސްފައިވަނީ މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހު އެވެ.
ކޭއޯ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޯޓުގެ 1 މުވައްޒަފަކު ފިޔަވާ އެހެން މުވައްޒަފުން މާލެ ގެންގޮސްފައިވަނީ ތަމްރީނު ހެދުމަށްކަމަށް ބުނެއެވެ. އެ ކޯޓްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފު ވަނީ މިހާރު ކުޅުދުއްފުށީ ކޯޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.
އެގޮތުން މާލެ ގެނައި ހަތް މުވައްޒަފުންގެ ތެރެއިން 2 މުވައްޒަފަކު ވަނީ ޑްރަގް ކޯޓަށް އަދި 2 މުވައްޒަފަކު ޖުޑިޝަރީ އެކަޑަމިއަށް ވަނީ ބަދަލުކޮށްފަ އެވެ. އަނެއް 3 މުވައްޒަފުން ބަދަލުކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށެވެ.
ހައިކޯޓްގެ އުތުރުގޮފި މިމަހުގެ އެއްވަނަ ދުވަހު ބަންދުކޮށް ފައިވާއިރު އެ އިމާރާތް މިހާރު ބަލަހައްޓަމުން ގެންދަނީ ބަލަހައްޓަމުން މިހާރު ގެންދަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.