twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުދި ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް މީރާގެ ޓީމުތައް ހދ އަތޮޅަށް

Feb 21, 2017

ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުމަށް ހދ އަތޮޅަށް އައުމަަށް ވަނީ ހަމަޖެހިފައި އެވެ.

އަންނަ މާރިޗު މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް މީރާގެ ޓީމުތައް ރާއްޖޭގެ 10 އަތޮޅަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ހާމަ ކޮށްފިއެވެ.

މިއީ، ކޮންމެ އަހަރަކުވެސް ކުރީކޮޅު އެ އޮތޯރިޓީން ކުރަމުންގެންދާ ކަމެކެވެ. އެގޮތުން މި އަހަރު މީރާގެ ޓީމުތައް ދިޔުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ނ، ރ، ގއ، ގދ، ލ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އަށެވެ.

މި އަތޮޅު ތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މީރާގެ ޓީމުތައް ޒިޔާރަތް ކުރާނެ ކަމަށާއި މި ޓީމު ތަކުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ނަން ނޯޓު ކުރުމުގެ ފުރުސަތު ވަނީ މީރާއިން ހުޅުވާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355