twitterviber whatsapp telegramfacebookyoutube instagram
22nd May 2025

އުރީދޫ އިން މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އެހީތެރިކަން ފޯރުކޮށްދީފި

Feb 21, 2017

އުރީދޫ އިން ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގް ޔޫތް (ރަފީ) އިން ކުރިއަށްގެންދާ މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އުރީދޫއިން މިލީނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް ޓެކްނިކަލް އަދި މާލީ އެހީ އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިލީނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާ ލައިގެންނެވެ. އެގޮތުން ޕްރޮގްރާމް ފެށިގެންދަނީ ޔޫތް އޭސް މިލޭނިއަމް އެސެޓްސް ސީރީޒް (ވައިމާސް) ގެ ނަމުގައި ޒުވާން ލީޑަރުން ތަމްރީނު ކުރުމަށް، ކުރިއަށް ގެންދާ ލީޑަރޝިޕް ޓްރެއިނިންގް ޕްރޮގްރާމްތަކަކުންނެވެ.

އެއަށް ފަހު، ޒުވާން ލީޑަރުން ބިނާކޮށް، އެކްސެކެޓިވް ކޯޗިން ފޯރުކޮށްދިނުމަށް، ކޮލޮމްބޯ ލީޑަރޝިޕް އެކެޑެމީ އިން ރާއްޖޭގައި ކުރިއަށްގެންދާ ތިން ދުވަހުގެ މިލީނިއަމް ޔޫތް ލީޑަރސް ކޭމްޕްގައި ބައިވެރިވެވޭނެއެވެ. އަދި ސްރީލަންކާގެ ކޮލޮމްބޯ ލީޑާޝިޕް އެކެޑެމީގައި ބޭއްވޭ ހަދުވަހުގެ މިލީނިއަމް ޔޫތް އެމްބެސެޑަރ ކޯޗިންގް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން، އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ވައިމާސް ޓްރެއިނިންގ ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކަށް ހުޅުވާލެވޭނެއެވެ. ހަމައެއާއި އެކު، މިލީނިއަމް ޔޫޓް ލީޑަރސް ކޭމްޕްގައި ބައިވެރިވާ ޒުވާނުންގެ އަޒުމްތަކާއި ހަމައަށް ވާސިލުވާން އެހީތެރިވެދޭނެ މުވާސަލާތީ އެހީތެރިކަން ފޯރުކޮށްދީ، ކޮލަމްބޯގައި ބާއްވާ މިލީނިއަމް ޔޫތް އެމްބެސެޑަރސް ކޯޗިންގް ކޭމްޕް ކުރިއަށްގެންދިއުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355